DhiMinivan

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ދެކުނު ޕްރޮވިންސް އައްޑޫގައި ހިންގި މާރާމާރީ ތަކެއް ގައި ތިން މީހަކަށް ބޮޑެތި އަނިޔާ ތަކެއް ވެއްޖެ

އައްޑޫގައި ހިންގި މާރާމާރީ ތަކެއް ގައި ތިން މީހަކަށް ބޮޑެތި އަނިޔާ ތަކެއް ވެއްޖެ


 

އައްޑޫގައި ހިންގި މާރާމާރީ ތަކެއް ގައި ތިން މީހަކަށް ބޮޑެތި އަނިޔާ ތަކެއް ވެއްޖެއެވެ މިރޯދަމަސް ފެށުނީއްސުރެން ކުރިޔަށްދާސިލްސިލާމާރާމާރީތަކުގައިމިހާތަނަށް ބައެއް ފަ ރާތް ތަކަށްވަރަށްބޮޑޭތި އަނިޔާތަށްވެސްވަނީލިބިފައެވެ މިގޮތުން ރެޔާއި އިއްޔެރޭ ހިނގި މާރާމާރީތަކުގައިސ.މަރަދޫފޭދޫ ތރެއިންހިނގި ކުރިމަތިލުމުގައި 2 މީހަކަށްވަނީއަނިޔާވބެފައެވެ މިހާދިސާގައިއަނިޔާލިބިފައި ވަނީ ސ.މަރަދޫފޭދޫ އިރަމާގެ ހުސެނއ ފުއާދު އާއި ހަމަ އެގޭ މުހއްމަދު އަހުމަދު އަށެވެ މީގެއިތުރުން ފޭދޫގައި ހިނގި މާރާމާރީގައިއަނިޔާލިބިފައިވަނީ

 

ސ.ފޭދޫ ޖޭމްގަސްދޮށުގެ ،އަހުމަދުއަމްސަހު 18 އަހަރު އަށެވެ މިނާޔަށް ހަމަލަ ދީފައި ވަނީތޫނު އެއްޗަކުން ކަމަށް އައްޑޫ ޕޮލިސްޓޭޝަނުން ދިމިނިވަން އަށް މައުލޫމާތު ދެއްވާފައި ވެއެވެ މިހާރުމިމައްސަލަތަކާއި ގުޅިގެންއައްޑޫޕޮލިސްޓޭޝަނުން ވަނީދެމީހަކު ހައްޔަރު ކޮށްފައެވެ މީގެއިތުރުން މާރާމާރިގައިޝާމިލް ވާމީހަހކު ފުލުހުން ހައްޔަރު ކުރަންއުޅުމުގެތެރޭގައި ފުލުހުން ނަށް ހުރަސް އެޅޫމުގެސަބަބުން ވެސް ރޭވަނި އެކަކު ހައްޔަރު ކުރައްވާފައެވެ މިގެއިތުރުން ހިތަދޫޕޮލިސްޓޭޝަނަށް ގަވާއިދާހިލާފަށް ވަނުމައި ގުޅިގެންވެސް ވަނީ އެކަކު ހައްޔަރު ކޮށްފައެވެ ޕޮލިސްޓޭޝަނުން މައުލޫމާތުދެއްވި ގޮތުގައި މާރާމަރީ ތައްހުއްޓުވައި ރަށުތެރެ އަމާން ކުރެއްވުމަށް ޓަކައި ގިނައަދަދެއްގެ ފުލުހުން މިހަރު ވަނީ އަތޮޅުތެރެޔަށް ނެރުއްވާފައެވެ އެގޮތުން ކުރެވުނު މަސައްކަތުން މިއަދު ގެ ހެނދުނުގެ ވަގުތެއްގައި ހިތަދޫ ތެރޭގައި ވަޅުލާފައި ވަނިކޮށް ފުލުހުން ވަނި މާރަމާރި ހިންގުމަށްޓަކައި ބޭނުން ކުރާޒާތުގެ ސާމަނު ތަކެއް ހޯދައިފައެވެ އިއްޔެ ހޯދި ތަކެތިގެތެރޭގައި އަމިއްލަޔަށް ހަދާފައިވާ ކަނޑި އަކާއި ކަނޑި ހަދަން ބޭނުން ކުރާ ފަޑުގެ ދަގަނޑު ފަތިތަކާއި ދަގަނޑުބުރި ތަކުގެ އިތުރުން ޑްރަގް ވެސް ފުލުހުން ހޯދައި ފައިވާކަމަށް މައުލޫމަތުލިބިފައި ވެއެވެ މިތަކެތި ހުރީ ވަޅުލައިފައެވެ މިހާރު މިމައްސަލަތައް އައްޑޫޕޮލިސް ޓޭޝަނުން ގެންދަވަނީ ތަހުގީގް ކުރއްވަމުންނެވެ

އެންމެ ފަހުން ބަދަލުކުރީ 16:57 އާދީއްތަ, 20 ސެޕްޓެމްބަރ 2009