DhiMinivan

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން އެޑިޓަރުގެ ބަސް
އެޑިޓަރުގެ ބަސް


އިދިކޮޅު ހަރުދަނާ ސިޔާސީ ޕާޓީއެއް މިހާރަކު ނެތް!!


އިތުރަށް ވިދާޅުވުމަށް...އިދިކޮޅު ހަރުދަނާ ސިޠާސީ ޕާޓީއެއް މިހާރަކު މިގައުމަކު ނެތޭ ބުނުމުން ބައެއް ފަރާތްތަކުން ވިދާޅުވާނީ އަޅުގަނޑަކީ މޮޔައެއް ކަމަށެވެ. އެބުނަނީ ވަރަށް ތާކުން ތާކު ނުޖެހޭ ވާހަކައެއް ކަމަށެވެ. އެހެން އެބުނަނީ ރަނގަޅަށް އެކޮޅު މިކޮޅު ނުބަލާ ކަމަށެވެ. އެކަމަކު އަޅުގަނޑު މި ދަންނަވާ ދެތިން ބަހެއް ރަނގަޅަށް ކަނުލައި އައްސަވައިފި ނަމަ އަޅުގަނޑު މިދަންނަވާ އެއްޗެއް ގިނަ މީހުން ގަބޫލު ކުރައްވާނެކަން ކަށަވަރެވެ.

ކުރިން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އެމްޑީޕީ އަށް ވެރިކަން ލިބުމުން އޮޓަމެޓިކުން އިދިކޮޅު ޕާޓީގެ ލަގަބު ލިބިގެން ދިޔައީ ކުރިން ވެރިކަމުގައި އޮތް ޑީއާރްޕީއަށެވެ.

އެންމެ ފަހުން ބަދަލުކުރީ 11:44 އަންގާރަ, 24 ނޮވެމްބަރ 2009 އިތުރަށް ވިދާޅުވުމަށް...
 

މިވަގުތު ބޭނުންވަނީ ހަރުދަނާ ވިސްނުންތެރި މާލީ ތަޖުރިބާކާރެއް


މުޅި ރާއްޖޭގެ ހަތަރު ބިތުން މިހާރު އެންމެ ބާރަށް އިވެމުންދާ އަޑަކީ އިގްތިޞާދީ ގޮތުންނާއި މާލީ ގޮތުން ރާއްޖެ ފުން ވްޅުގަނޑަކަށް ވެއްޓި ދަރަނިވެރިވަމުންދާ ވާހަކައެވެ. ރައްޔިތުންގެ އަތްމަތި ދަތިވެ މުދަލާ ޚިދުމަތުގެ އަގު އަތްނުފޯރާ ފަށަށް އަރަމުން ދާވާހަކައެވެ. މިއީ ތިން ލައްކަ މީހުންގެ އާބާދީއެއް އޮތް ދިވެހިރާއްޖެ ވެއްޓެންވީ ހިސާބުބާއޭ ބުނެ ބައެއް ފަރާތްތަކުން ސުވާލު ކުރަމުންދާއިރު އަނެއް ބަޔަކު ތިބީ އަދިވެސް އާ ސަރުކާރުން ދަތުރުކުރަން ބޭނުންވާ މިސްރާބާމެދު އޮޅުން ބޮޅުންވެފައެވެ.

އެންމެ ފަހުން ބަދަލުކުރީ 11:27 ހުކުރު, 23 އޮކްޓޯބަރ 2009 އިތުރަށް ވިދާޅުވުމަށް...
 

ސަރުކާރާއެކުއިދިކޮޅު ފަރާތް ތައް ޒިއްމާ ދާރުކުރުވުން .


ދިމިނިވަން އޮން ލައިން ނޫހަކީ ވަކިފަރާތަކަށް ބުރަނުވެ ވަރަށް މިނިވަން ކަމައި އެކު ހަބަރު ފެތުރުމަށާއި ރާއްޖޭގެ ކަން ކޮޅު ތަކާއި ބޭރުދުނިޔޭގެ ހަބަރު ތަށް ތާޒާކަމާއި އެކު ރައްޔަތުންނާ ހަމަޔަށް ފޯރުކޮށް ދެއްވުމުގެ މަގުސަދުގައި އުފަންވެފައި ވާ ނޫހެކެވެ އަޅުގަނޑުމެން ގެ މަގުސަދަކީކޮންމެ ހަބަރެއްވެސް އްއްމެ ތާޒާ ކަމައި އެކު ރައްޔަތުން ނާ ހަމަޔަށް ފޯރުކޮށް ދީ މި ވެބް ނޫހަކީ ދިވެހި ކޮއްމެ ގިންތި އެއްގެްގެ ބޭފުޅަކަށްވެސް އެއްވެސް ހުރަހެއްނެތި

ބަލައި ލެވޭނޭ ވެބްސައިޓެއްގެ ގޮތުގައި ދެމިއޮތުމެވެ މިހާރަކަށް އައިސް ދިވެހި ޕްރިންޓް މީޑިއާ މައިބަދަ ކަމަށް ވެފައި ވާ ސަރުކާރުގެ އިއުލާންތައް ދެއްވުން ސަރުކާރުން ހުޓަވާލެއްވުމާއެކުހެން ރާއްޖޭގައި ނުކުންނަ ދުވަހު ނޫސް ތައް އިނދަޖެހި ނޫސްވެރިކަމަށް އޭގެ ހިތިއަސަރު ކޮށްފައިވާ މަންޒަރު ނިކަން ގާތުން ފެންނަމުން ދާކަމީ މިފަދަ ވެބްސައިޓެއް ވުޖޫދަށް ގެނައުމުގެ އެއްސަބަބު ވެސް މެއެވެ ހާއްސަ ކޮށްރާއްޖެ އަކީ ޑިމޮކްރަސީ ގެޅަފަތުގައި ވާ ގައުމަކަށް ވީހިނދު ޑިމޮކްރަސީ އެއްގެ ހަތަރުވަނަ ބާރަކީ ނޫސްވެރި ނެކަން ގައިމެވެ މި ނޫހުގެ ކޮންމެ ލިޔުންތެރިޔަކީ ވެސް ފުރިހަމަ މިނިވަން ކަމައިއެކު ނުފޫޒުތަކުން އެއްކިބާ ވެހުރެ ލިޔާނޭ އަދި ލިޔެވޭނޭ ވެސް ލިޔުން ތެރިޔެކެވެ އެހެންނަމަވެސް ކޮއްމެ ލިޔުމަކީ ވެސް އެއްވެސް ފަރާތެއްގެއަބުރަށް ގެއްލުމެއް ނުލިބޭފަދަ ލިޔުމަކަށް ހެދުމަށް ސަމާލުވުމަށް ނުސްވެރިން ނަށް އަބަދުވެސް ހަނދުމަކޮށް އަރުވާނަމެވެ މނޫހުގެ މޮޓޯއަކީ ދިވެހި ޑިމޮކްރަސީ އަށް ފުޅާދާއިރާއެއްގައި އެހީ ތެރިކަން ފޯރުކޮށް ދީ ސަރުކާރާއި އިދިކޮޅު ފަރާތް ތައްވެސް ޒިއްމާދާރުކުރުވާ އެއްމެ ވަރުގަދަ ވަސީލަތުގެ ގޮތުގައި ދެމިއޮތުމެވެ

އެންމެ ފަހުން ބަދަލުކުރީ 21:35 ހޮނިހިރު, 26 ސެޕްޓެމްބަރ 2009