ރިޔާސީ ކޮމިޝަނުން ހާމަކުރަންބޭނުންވާ މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުގެ ކުރިން، ނޫސްވެރިންނަށް ހާމަނުކުރުމަށް އެކޮމިޝަނަށް އަންގަވާފައިވާނެކަމަށާއި، ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މީހުންގެ މައްސަލަތައް ހާމަކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ، ހަސަން އަފީފް ވިދާޅުވެއްޖެ.
ރިޔާސީ ކޮމިޝަނަށް ސިޔާސީ ނުފޫޒު ހިންގާކަމަށް ވިދާޅުވެ، އެކޮމިޝަނުގެ މެންބަރުކަމުން އިދުހާމް މުއިއްޒު އަދުނާނު އިސްތިއުފާދެއްވާފައިވާތީ، އެކަމާއި ގުޅިގެން، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރ އަފީފް ވިދާޅުވީ، ރިޔާސީ ކޮމިޝަނުގެ މަސައްކަތްތައް ހިނގަމުންދަނީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތެއްގެ މަތިންކަމަށް. އަދި އެކޮމިޝަނުން ހޯދާ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއަށް އެނގިވަޑައިގަންނަވާންޖެހޭކަމަށާއި،










