ކުޑަކޮށްފައިވާ ސިވިލްސަރވިސް މުވައްޒަފުންގެ މުސާރައިގެ މައްސަލައިގާ މިހިނގާ އެޕްރީލް މަހުގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމުގެ އިޝާރާތެއް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވީ ނަމަވެސް މިހާރު ފެނިގެން މިދަނީ ޑޯނާސް ކޮންފަރެންސްގެ ބައިވެރިންގެ ބޮލުގައި އެކަން އަޅުވައި މުސާރައިން އުނި ކުރި ބައި ނުދެއްވާ ވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރު ކަމުގައި ސިވިލް ސަރވަންޓް އެސޯސިއޭޝަނުން ބުނެފިއެވެ.
ސިވިލް ސަރވަންޓް އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެންބަރ އަބްދުﷲ މުހަންމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަންތައްތައް ކުރެއްވުމުން ދޭހަވެގެންދަނީ ރާއްޖޭގެ ދާޚިލީ މަސްލަހަތުވެސް މިހާރު ބަލަހައްޓަމުން