DhiMinivan

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ސަރުކާރުން ބިރުދެއްކިޔަސް ފަހަކަށް ނުޖެހޭނަން - ގައުމީ ޕާޓީ


ސަރުކާރުން ބިރުދެއްކިޔަސް ފަހަކަށް ނުޖެހޭނަން - ގައުމީ ޕާޓީ


ސަރުކާރުން ބިރުދައްކައި، ކިތަންމެ ވަރަކަށް ފިއްތުންތައް ކުރިމަތިކުރުވި ކަމުގައި ވީނަމަވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރު ޒިންމާދާރު ކުރުވައި، ރައްޔިތުންނަށް ހަގީގަތް ހާމަކުރުމުގައި ފަހަށް ނުޖެހޭނެކަމަށް ގައުމީ ޕާޓީން ބުނެފި.

ގައުމީ ޕާޓީގެ ކައުންސިލް މެންބަރު އަދި މިސަރުކާރުގެ ސިވިލްއޭވިއޭޝަން މިނިސްޓަރުކަން ކުރައްވާފައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރޭ ޓީވީއެމްއިން ގެނެސްދިން ޕްރޮގުރާމަކަށްފަހު ގައުމީ ޕާޓީގެ އަމީން އާންމު އަބްދުﷲ އަމީން ނުކުމެވަޑައިގެން ވަގުތު

ޓީވީއެމް ދޮށުގައި އޭނާއާ ދެކޮޅަށް ސަރުކާރު ހިންގާ އެމްޑީޕީގެ ސަޕޯޓަރުން ހިންގާފައިވާ އަމަލުން ދޭހަވެގެންދަނީ މިސަރުކާރަކީ ފާޑުކިޔުމާއި، ކަންކަމުގެ ހަގީގަތް ރައްޔިތުންނާއި ހަމަޔަށް ގެނެސްދިނުމަށް މަރުހަބާ ކިޔާ ސަރުކާރެއް ނޫންކަމަށް. އަދި މިފަދަ ލާއިންސާނީ، ވިޔާނުދާ އަމަލުތަކަކީ މިސަރުކާރުން އިސްވެ ތިބެގެން ކުރާ އަމަލުތަކެއްކަމުގައި ޖަމީލް ވިދާޅުވި.

ރޭ ޓީވީއެމް ދޮށުގައި ބަޔަކު ހިންގި ހަމަނުޖެހުމާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން އަމީން ވިދާޅުވީ، ޕްރޮގްރާމް ނިންމާލުމަށްފަހު ގެޔަށް ވަޑައިގެންނެވުމަށް ނުކުތް ގަޑީގައި އެމްޑީޕީއަށް ނިސްބަތްވާ ގިނައަދަދެއްގެ ބަޔަކު އައިސް އަޑުގަދަކޮށް، އަރައިގަންނަން އުޅުނީ ކަމަށް. އެހެންނަމަވެސް ފުލުހުންގެ އެއްބާރުލުމާއިއެކު އެއްވެފައިތިބި މީހުންދުރުކޮށް ފުލުހުން އޭނާ ކާރަށް އެރުވީކަމަށް އަމީން ވިދާޅުވި. އަމީން ވިދާޅުވީ މިފަދަ ކަންތައްތަކުން ހާމަވެގެންދަނީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތައް ސަރުކާރަށް ހަޖަމްކުރަން ދަތިވާ ވަރު ކަމަށް. އަދި މިފަދަ ކިތަންމެ އަމަލު ތަކެއް ހިންގި ނަމަވެސް ސަރުކާރު ޒިންމާދާރު ކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލާނީ މިސަރުކާރުގެ ކަންތައްތައް ކޮޅެއްގައި ޖައްސާފައިކަމަށް އަމީން ވިދާޅުވި.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 11:46 ބުދަ, 20 ޖެނުއަރީ 2010