DhiMinivan

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު މައުމޫން އިސްތިއުފާ ދެއްވަނީ


މައުމޫން އިސްތިއުފާ ދެއްވަނީ


maumoon_polihah_haaziru_kurކުރީގެ ރައީސް އަދި ވާދަވެރި ޑީއާރުޕީގެ ޒައީމް މައުމޫން އަބްދުލް ގައްޔޫމް އެޕާޓީގެ ޒައީމްކަމުން މިއަދު އިސްތިއުފާދެއްވާނެކަމަށް ވަރަށް މުއުތަބަރު ގޮތެއްގައި މައުލޫމަތު ލިބިއްޖެ.

މައުލޫމާތުލިބިފައިވާ ގޮތުގައި މިއަދު އެކެއްޖަހާއިރު ވަގުތެއްގައި ކުރީގެ ރައީސް މައުމޫން ޓީވީ މެދުވެރިކޮށް އެކަން އާންމުކޮށް އިއުލާން ކުރައްވާނެ.

އަދި އެކަން އިއުލާންކުރެއްވުމަށް ފަހު، ރައީސް ނަޝީދާއި ބައްދަލުކުރައްވާނެކަމަށްވެސް މައުލޫމާތު ލިބިފައިވޭ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުރީގެ ރައީސް މައުމޫން ވަރަށް އަވަހަށް އިންޑިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށްވެސް ހަމަޖެހިފައިވޭ.

މިކަމާއި ގުޅިގެން ރައީސް މައުމޫންގެ ތަރުޖަމާން މުހަންމަދު ހުސައިން ޝަރީފް މުންދު ވިދާޅުވީ ކުރީގެ ރައީސް މައުމޫން ޓީވީ މެދުވެރިކޮށް މެސެޖެއް ދެއްވުމަށްޓަކާ އެއާރޓައިމެއް ނަންގަވާފައިވާކަމަށް. އަދި އެފުރުސަތަކީ އާންމުރައްޔިތުންނާއި މުހާތަބްކުރައްވާ ފުރުސަތެއް ކަމަށާއި އެހެންނަމަވެސް ޑީއާރުޕީގެ މެންބަރުންނަށް ހާއްސަ މެސެޖެއް ދެއްވާނެކަމަށް.

ކުރީގެ ރައީސް މައުމޫން ޑީއާރުޕީގެ ޒައީމްކަމުން އިސްތިއުފާދެއްވުމަށްް ނިންމާފައިވޭތޯ ނުވަތަ ނޫންތޯ ސުވާލުކުރެއްވުމުން މުންދު ވިދާޅުވީ އެމަނިކުފާން ނިންމަވާގޮތެއް އިއުލާން ކުރައްވާނީ ހަމައެކަނި އެމަނިކުފާނު ކަމަށް. އަދި ދާދި އަވަހަށް އިންޑިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް މުންދު ވިދާޅުވި. މާދަމާ ރައީސް ނަޝީދާއި އެމަނިކުފާން ބައްދަލުކުރައްވަން ހަމަޖެހިފައިވޭތޯ ސުވާލު ކުރުމުން މުންދު ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ނިންމެވުމަކީ ރައީސް ނަޝީދާއި އެއްވެސް ގުޅުމެއްނެތް ނިންމެވުމެއް ކަމަށް.

ކުރީގެ ރައީސް މައުމޫން ޑީއާރުޕީގެ ޒައީމްކަމުން އިސްތިއުފާދެއްވަން ނިންމަވާފައިވާކަން ރަސްމީ އެއްވެސް ފަރާތަކުން ކަށަވަރުކޮށްދެއްވާފައި ނުވިނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން އިންޑިޔާއަށް ފުރާވަޑައިގަންނަވަން އުޅުއްވާކަން އިންޑިޔާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މިހާރު އަންގަވާފައިވާކަމަށްެވެސް މައުލޫމާތު ލިބިފައިވޭ.

ޑީއާރުޕީގެ ކޮންގްރެސް ބޭއްވުމަށް ކުޑަދުވަސް ކޮޅަކަށް ވެފައިވާއިރު އަދި މަގާމުތަކަށް ކުރިމަތިލެއްވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު، މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ރައީސް މައުމޫން ވިދާޅުވެފައިވަނީ އެމަނިކުފާން މަގާމަކަށް ކުރިމަތިލެއްވުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމަވާނެކަމަށާއި އަދި އެގޮތެއް ނިންމެވުމަށް ފަހު އެކަން އިއުލާންކުރައްވާނެކަމަށް.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 10:20 ހޯމަ, 25 ޖެނުއަރީ 2010