DhiMinivan

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރައީސް ނަޝީދުގެ ބަޔާނަކީ، ހިތް ތިރިކަމެއް ނެތް، ޙަޤީޤަތާ ޚިލާފް ބަޔާނެއް - ތަސްމީން


ރައީސް ނަޝީދުގެ ބަޔާނަކީ، ހިތް ތިރިކަމެއް ނެތް، ޙަޤީޤަތާ ޚިލާފް ބަޔާނެއް - ތަސްމީން


thasm3000nކުރީގެ ރައީސް މައުމޫން، ސިޔާސީ ޙަޔާތް ނިންމަވާލެއްވިކަން އިޢުލާން ކުރެއްވުމާއި ގުޅިގެން، ރައީސް ނަޝީދު ނެރުއްވާފައިވާ ބަޔާނަކީ، ހިތް ތިރިކަމެއް ނެތް، ޙަޤީޤަތް އޮޅުވާލެއްވުމަށް މަސައްކަތް ކުރައްވާފައިވާ، ޒިންމާދާރުކަން ކުޑަ ބަޔާނެއް ކަމުގައި، ޑީ.އާރު.ޕީން ނައިބް ޒައީމް އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ.

ޑީ.އާރު.ޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް، އަޙުމަދު ތަސްމީން ޢަލީ ވިދާޅުވީ، ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް އެ ތަކެއް އަހަރެއް ވަންދެން މެދު ކެނޑުމެއްނެތި

ދިނުމަށްފަހު، ސިޔާސީ މައިދާނުން ދުރަށް ދިޔަކަން އިޢުލާން ކުރެއްވުމާއި ގުޅިގެން، ރައީސް އޮފީހުން ނެރެފައިވާ ބަޔާނަކީ، ވަރަށް ޒިންމާ ދާރުކަން ކުޑަކޮށް، ޤައުމުގައި ފަސާދަ އުފެއްދުމަށް މަގުފަހިވާ ގޮތަށް ނެރެފައިވާ ބަޔާނެއްކަން، އެ ބަޔާން ކިޔާލުމުން އެނގި ގެންދާކަމަށް. އަދި އޭގައި ކުރީސަރުކާރުން، ކޮރެޕްޝަނާއި، އަނިޔާކުރުން ފަދަ ކަންތައް ކޮށްފައިވާކަމަށް، ބުނާބުނުމަކީ، މިހާތަނަށްވެސް ސާބިތުކުރެވިފައިވާ ކަންތައްތަކެއް ނޫންކަމުން، މިފަދަ ނޫސްބަޔާނެއް ރައީސް އޮފީހުން ނެރޭއިރު، ޒިންމާދާރު ގޮތުގައި މިފަދަ ނޫސްބަޔާން ނެރެންޖެހޭކަމަށް ތަސްމީން ވިދާޅުވި.

މި ބަޔާނަށް ރައްދު ދެއްވަމުން ޑީ.އާރު.ޕީގެ ކައުންސިލް މެންބަރު، އަދި ވިލިމާފަންނު ދާއިރާގެ މެންބަރު، އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވީ، މިބަޔާނުގައި ވާގޮތުން ދޭހަވަގެންދަނީ، އަދިވެސް ބަދަލު ހިފުމުގެ ރޫޙު ސަރުކާރުން ގެންގުޅޭކަމާއި، މިސަރުކާރުގެ އަނިޔާވެރިކަން އިތުރަށް ހާމަކުރުންކަމަށް. ނިހާން އިތުރަށް ވިދާޅުވީ މިފަދަ ބަޔާނެއް ނެރެފައިވާއިރު ފާއިތުވި އެއް-އަހަރު ދުވަހަކީ، ނަފްސާނީ ގޮތުން ރައްޔިތުންނަށް ވަރަށް ބޮޑު އަނިޔާތަކަކާއި، ވޭނެއް ތަހައްމަލު ކުރަން ޖެހުނު އަހަރެއް ކަމަށް.

ރައީސް ނެރުއްވާފައިވާ މި ބަޔާނުގައި، މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައިވަނީ، މައުމޫންގެ ވެރިކަމުގެ ތިރީސް އަހަރުގައި ހިނގާފައިވާ ކަންތައްތަކުގެ ތެރެއިން މައިގަނޑު ތިން-ކަމެއްގެ މައްޗަށް. އެ ތިން ކަމަކީ، އިޖްތިމާޢީ ޢަދާލަތު ރައްޔިތުންގެ ކިބައިން ގެއްލިގެން ދިއުމާއި، ކޮރެޕްޝަނާއި، އަނިޔާވެރިކަމަށް މަގުފަހިވެފައިވުންކަމަށް . އަދި މީގެ އިތުރުން މިބަޔާނުގައި ފާއިތުވި އަހަރު ތަކުގައި، ރާއްޖޭގެ ވެރިކަންކުރައްވާފައިވާ ބޭފުޅުން، ވެރިކަން ހިންގަވާފައިވާ ގޮތުގެ މައްޗަށް، ކޮންމެވެސްވަރަކަށް އަލިއަޅުވާލާ ފައިވޭ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 09:49 ބުދަ, 27 ޖެނުއަރީ 2010