Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު މައުމޫން ސިޔާސީ ހަޔާތް ނިންމަވާލެއްވުމުން އެމްޑީޕީން މަރުޙަބާ ކިޔައިފި

މައުމޫން ސިޔާސީ ހަޔާތް ނިންމަވާލެއްވުމުން އެމްޑީޕީން މަރުޙަބާ ކިޔައިފި


drp05ޑީއާރުޕީގެ ޒަޢާމަތާ ދުރަށް ވަޑައިގަތުމަށްފަހު، ސިޔާސީ ހަޔާތް ނިންމަވާލައްވައި، އަމިއްލަފުޅު ދިރިއުޅުއްވުމަކަށް ވަޑައިގެންނެވުމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލް ޤައްޔޫމް ނިންމެވި ނިންމެވުމަކީ، ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ކުރާނޭކަމެއް ކަމަށް އެމްޑީޕީން ބުނެފި.

ކުރީގެ ރައީސް މައުމޫން، ސިޔާސީ ދާއިރާއި ދުރަށް ޖެހިވަޑައިގެންނެވުމާއި ގުޅިގެން،

މައުމޫނަށް މަރުޙަބާ ކިޔުމަށް އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޑީއާރުޕީ އިތުރަށް ހަރުދަނާވެ، އެ ޕާޓީއަކީ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ދެމިއޮންނާނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޑީއާރުޕީގެ ޒަޢާމަތުގެ ދަންމަރު، އާޖީލަކަށް ބަދަލުވެގެން ކަމަށް. އަދި ކުރީގެ ރައީސް މައުމޫން ސިޔާސީ ދާއިރާއާ ދުރަށް ވަޑައިގެންނެވުމަށް ނިންމެވީ، ދިގު ތިރީސް އަހަރުގެ ވެރިކަމުގައި ގާނޫނާއި ގަވާއިދާ ޚިލާފަށް ގިނަ ކަންތަައްތަކެއް ކުރައްވާފައިވާ ކަމުގެ ތުހުމަތު ތަކެއްކޮށް، ވިރާސީ ރަސްކަމެއްގެ ބީދައިން ވެރިކަން ބައްޓަންކުރައްވާފައިވާ ކަމަށް ދެކެވޭ ވާހަކަތަކުންނާއި، ޑިމޮކްރެޓިކް އިންތިޚާބަކުން ކުރީގެ ރައީސް މައުމޫންނަށް ކާމިޔާބު ލިބިވަޑައި ނުގަންނަވާނޭ ކަމަށް ދެކެވޭ ވާހަކަތަކުން ބަރީޢަވެވަޑައިގެންނެވުމަށް ކަމަށް ވިޔަސް، ޕާޓީގެ ޒަޢީމްކަމުން ދުރުވެވަޑައިގެންނެވުމަށް ނިންމެވި ނިންމެވުމަކީ އެތައް ގޮތަކުން ދިވެހިރައްޔިތުންނަށް ފައިދާކުރާނޭ ކަމެއްކަމަށް ބަޔާނުގައި ބުނެފައިވޭ. އަދި ޑީއާރުޕީގެ ކޮންގްރެސްގެ އެންމެހާ ކަމެއް އެމްޑީޕީ ފަދައިން ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ދެފުށްފެންނަ އުޞޫލުން ގެންދިޔުމަށް ޖާމިނުވާކަމީ، އެމްޑީޕީން މަރުހަބާ ކިޔާކަމެއްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވޭ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 05:16 ބުދަ, 27 ޖެނުއަރީ 2010