Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ރައްޔިތުންގެ ކިބައިން ހައުސިން މިނިސްޓަރ، މަޢާފަށް އެދިވަޑައިގެންފި

ރައްޔިތުންގެ ކިބައިން ހައުސިން މިނިސްޓަރ، މަޢާފަށް އެދިވަޑައިގެންފި


aslamމިހާރުގެ ސަރުކާރުން، ވެރިކަމަށް އައުމަށްވެފައިވާ، ފަސް ވަޢުދުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަން ހޯދައިދިނުމަށް އަޅާ ގެދޮރުގެ މަސައްކަތް، ހުސްވި އަހަރު ނިމުމުގެ ކުރިން ފަށާނެ ކަމަށް ބުނެފައިވާ ވަޢުދު، ފުއްދައިދެވިފައިނުވާތީ، ރައްޔިތުންގެ ކިބައިން ހައުސިން މިނިސްޓަރ، މަޢާފަށް އެދިވަޑައިގެންފި.

ހައުސިން މިނސްޓަރ، މުޙައްމަދު އަސްލަމް ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގެންފައިވަނީ، ގެދޮރު އެޅުމުގެ

މަސައްކަތާއިބެހޭގޮތުން މައުލޫމާތު ދެއްވުމަށް، މިއަދު ދަރުބާރުގެ ފަންސަވީހުގައި ބޭއްވި ބައްދަލުވުމެއްގައި، ވާހަކަ ދައްކަވަމުން. މިނިސްޓަރ ވިދާޅުވީ، އެކި ފަހަރު މަތިން ސަރުކާރުން ރައްޔިތުންނަށް ގެދޮރު އަޅާދޭނެކަމަށް ވިދާޅުވެފައިވާނެކަމަށާއި، ނަމަވެސް މިކަންތައް ސަރުކާރުން ބުނި ދުވަހަށް ވެފައި ނެތުމުގެ ސަބަބުން، ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށާއި، ގެދޮރު އެޅުން ލަސްވެފައިވަނީ، މަސައްކަތް ޙަވާލު ކުރުމުގެ ކަންތައް ދެ ފުށްފެންނަ އުސޫލުން ކުރިއަށްގެންދަން ކުރި މަސައްކަތުގެ ސަބަބުން ކަމަށް. އަދި ސަރުކާރުން އެބަސްވެފައިވާ ދުވަހަށް މަސައްކަތް ނުފެށުނު ނަމަވެސް، މި ސަރުކާރުގެ ދައުރު ހަމަވުމުގެ ކުރިން، ބޯހިޔާވަހިކަމުގެ ވަޢުދު ރައްޔިތުންނަށް ފުއްދައިދޭނެކަމަށް، މިނިސްޓަރ ވިދާޅުވި.

ހައުސިންގ މިނިސްޓަރ، އިތުރަށް ވިދާޅުވީ، އިންޑިޔާގެ ޓާޓާ ކުންފުނިން އެޅުމަށް ހަމަޖެހިފައިވާ، ދިހަ ހާސް ހައުސިން ޔުނިޓްގެ ތެރެއިން، ބައެއް ހައުސިން ޔުނިޓްތަށް އެޅުމަށް މިހާރު އެގުރިމެންޓްކުރާ ހިސާބަށް، ގޮސްފައިވާކަމަށް. އެގޮތުން ޓާޓާ ކުންފުނިން، މި ވަގުތު އެޅުމަށް އެއްބަސްވެފައިވާ ޢަދަދަކީ، ދުއިސައްތަ ފަންސާސް ގެ ކަމަށް ވެސް، މިނިސްޓަރ ވިދާޅުވި.

މީގެއިތުރުން ހައުސިން މިނިސްޓަރ، އަސްލަމް ވިދާޅުވީ، އަންނަމަހުގެ ތެރޭގައި އިންޑިޔާގެ ކަރަގުއާލް ކުންފުންޏާއެކު، ފަސްސަތޭކަ، ހައުސިންގ ޔުނިޓް، މާލޭގައި އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް. މި ފްލެޓްތައް އެޅުމަށް ހަމަޖައްސާފައިވަނީ، މަޖީދީމަގު އޯޑިއޯން ހުންނަ ބިމުގައްޔާއި، މާލެ މުނިސިޕަލްޓީ ގާ ކޮށީގައްޔާއި، މިހާރު ފުލެޓް ހުރި ސަރަޙައްދުގެ އިތުރުން، ނާދީ ހުރި ބިމުގައިކަމަށް، އަސްލަމް ވިދާޅުވި.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 05:23 ބުދަ, 27 ޖެނުއަރީ 2010