Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އެމްޑީޕީއާއި ޑީއާރުޕީ، އެއްވެއުޅުމުގެ ގަވާއިދުގެ ކުރިމަތީގައި ތަފާތުކުރަމުންދާކަމަށް ވިދާޅުވެއްޖެ

އެމްޑީޕީއާއި ޑީއާރުޕީ، އެއްވެއުޅުމުގެ ގަވާއިދުގެ ކުރިމަތީގައި ތަފާތުކުރަމުންދާކަމަށް ވިދާޅުވެއްޖެ


drp_evvunއެމްޑީޕީއާއި ޑީއާރުޕީ، އެއްވެއުޅުމުގެ ގަވާއިދުގެ ކުރިމަތީގައި ވަރަށް ބޮޑަށް ތަފާތުކުރަމުންދާކަމަށާއި ސަރުކާރަށް އުނދަގޫވާކަމެއް ދިމާވާ ކޮންމެ ފަހަރަކީ ގައުމީސަލާމަތަށް އުނިކަން އައުން ނޫންކަމަށް ކުޅުދުއްފުށި ދެކުނުދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ވިދާޅުވެއްޖެ.

ބުރާސްފަތި ދުވަހުގެ ރޭ މުލީޔާގޭކައިރީގައި ކުރި މުޒާހަރާއާއި ގުޅިގެން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ

ރޭގަނޑުގެ ވަގުތުގައި އެފަދަ ތަންތަނަށް އެއްވެ އުޅުުމަކީ ޚުދު ނަޝީދުވެސް ތާއިދުކުރައްވާ ކަމެއް ނޫންކަމަށާއި ނަމަވެސް ސަރުކާރުން އަމަލުކުރާގޮތުން ވަރަށް ބޮޑަށް ސުވާލު އުދެދޭކަމަށް. ނަޝީދު ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ހާލަތްތައް ގާނޫނު އަސާސީގައި ވަރަށް ރަނގަޅަށް މާނަކޮށްދީފައި ވާކަމަށް. ގާނޫނު އަސާސީގެ ދުއިސައްތަ ހަތްދިހަ ހަތަރުވަނަ މާއްދާގައި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ހާލަތްތައްކަމަށް ބުނެފައިވަނީ ދިވެހިރާއްޖޭގެ ސިޔާދަތައް ނުވަތަ އިސްތިގްލާލަށް ނުވަތަ މީހުންގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުން ކަމަށް. މީގެ ތެރޭގައި ޓެރެރިސްޓް ހަމަލާތަކާއި ހަތިޔާރު ބޭނުންކޮށްގެން ހިންގާ އުދުވާނީ ހަރަކާތްތައް ހިމެނޭކަމަށްވެސް ގާނޫނުއަސާސީގައި ބުނެފައިވޭ. އެހެންނަމަވެސް ރައްޔިތުންނަށް ލިބިދޭ ގާނޫނީ ހައްގުތައް ބޭނުންކޮށްގެން އެކިއެކި ކަންކަމަށް ތާއިދުކުރުމަށް ނުވަތަ އިންކާރު ކުރުމަށް، ގާނޫނާއި ހިލާފްނުވެ، ހިންގާ ސުލްހަވެރި ހަރާކަތްތައް މިގެތޭގައި ނުހިމެނޭނެކަމަށްވެސް ގާނޫނު އަސާސީގައި ވަރަށް ސާފްކޮށް ބުނެފައިވޭ. ނަޝީދު ވިދާޅުވީ ސަރުކާރުން ހާސްވާކޮންމެ ފަހަރަކު ނުވަތަ ސަރުކާރަށް އުނދަގޫވާކޮންމެ ފަހަރަކީ މިހާރުގެ ގާނޫނު އަސާސީން ބަލާއިރު ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތެއްކަމަށް ނުބެލެވޭނެކަމަށް.

ނަޝީދު ވިދާޅުވީ އެމްޑީޕީ މެންބަރުންނާއި، ސަރުކާރާއި އިދިކޮޅު ފަރާތްތައް އެއްވެ އުޅުމުގެ ގަވާއިދުގެ ކުރިމަތީގައި ވަރަށް ބޮޑަށް ތަފާތުކުރަމުންދާ މަންޒަރު ފެންނަމުންދާކަމަށް. އެގޮތުން އެއްވެ އުޅުމުގެ ގަވާއިދުގެ ދަށުން، އެއްވުން މަނާތަންތަން ހުންނަކަމަށާއި އެހެންނަމަވެސް އެގަވާއިދު ތަންފީޒް ކުރުމުގައި ދެޕާޓީއާއިމެދު އަމަލުކުރަނީ ދެގޮތައްކަމަށް ނަޝީދު ވިދާޅުވި. މުލީޔާއާގޭކައިރިއަށް އެއްވުމަކީ ގަވާއިދުގެ ދަށުން މަނާކަމެއްކަމަށް ބުނާކަމަށްވާނަމަ، ރައްޔިތުން މަޖިލިސް ކުރާގޭދޮށަށް މީހުންއެއްވުމަކީވެސް އެގަވާއިދުން މަނާކޮށްފައިވާކަމެއްކަމަށާއި ނަމަވެސް މަޖިލިސް ކުރާގޭދޮށަށް ރައްޔިތުން އެއްވެ، ސައުންޑް ސިސްޓަމް ބަހައްޓައިގެން މަޖިލީހުގެ މަސައްކަތަށް ދަތިވާހިސާބަށް އެމްޑީޕީގެ ބައެއް މެންބަރުން މުޒާހަރާކުރާއިރުވެސް އެއްވެ އުޅުމުގެ ގަވާއިދަށް އަމަލުނުކުރާކަމަށް ނަޝީދު ވިދާޅުވި.

ކުޅުދުއްފުށި ދެކުނުދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ވިދާޅުވީ މިހާރުގެ ރައީސް ނަޝީދަކީ އިދިކޮޅު ބޭފުޅެއްގެ ގޮތުގައި ހުންނެވި އިރު އެއްވުންތަކާއި މުޒާހަރާތަކުގައި އެންމެ ގިނައިން ތަފާތުގޮތްގޮތަށް އެފަދަވާހަކަތައް ދައްކަވައި، މީޑިޔާގެ ބޭނުން އެންމެ ބޮޑަށް ހިއްްޕެވި އެއް ފަރާތްކަމަށް. އަދި އެއްވެ އުޅުމުގެ ގަވާއިދާ ހިލާފަށްވެސް އެންމެ ގިނައިން ހަރަކާތްތެރިވެފައިވާ ފަރާތަކީވެސް ރައީސް ނަޝީދާއި އެމަނިކުފާނުގެ ޕާޓީގެ އިސްބޭފުޅުންކަމަށް ނަޝީދު ވިދާޅުވި. އެގޮތުން އާގާނޫނު އަސާސީ އިސްލާހުކޮށް ތަސްދީގް ކުރުމަށް އޭރުގެ ރައީސް މައުމޫނަށް ފޮނުވިފައިވަނިކޮށް، އެކަން ލަސްވާކަމަށް ބުނެ، ތީމުގެ ކުރިމައްޗަށް އޭރުގެ އިދިކޮލު ފަރާތްތައް އެއްވެއުޅުންކަމަށާއި ބައެއް މީޑިޔާތަކުން އެތަނުން ލައިވް ކަވަރޭޖްވެސް ހަދާފައިވާކަމަށް ނަޝީދުވިދާޅުވި. އަދި މުޒާހަރާތަކާއި، އެތަންތަނުގައި ދައްކާ ވާހަކަތައް ކަވަރުކޮށްގެން ގައުމީ ސަލާމަތަށް ނުރައްކާވާނަމަ އެދުވަހުވެސް އެކަން ވާންޖެހޭނެކަމަށް ނަޝީދު ވިދާޅުވި.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 06:14 އާދީއްތަ, 31 ޖެނުއަރީ 2010