DhiMinivan

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ނުލިބޭތީ ހަޅުތާލު ކުރަނީ


ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރަ ނުލިބޭތީ ހަޅުތާލު ކުރަނީ


civilehvun300ސަރުކާރުގެ ބައެއް އޮފީސް ތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް އަދިވެސް މުސާރަ ނުދޭކަމަށް ބައެއް އޮފީސް ތަކުގެ މުވައްޒަފުން ބުނެފިއެވެ.

އެ އޮފީސް ތަކުގެ މުވައްޒަފުން ބުނި ގޮތުގައި ޖެނުއަރީ މަސް ނިމުނު އިރިވެސް މުސާރަ ނުލިބެނީ ފިނޭންސް މިނިސްޓްރީން މުވައްޒަފުންގެ މުސާރަ ހިފަހައްޓައިގެން ޖަމާ ނުކޮށް ތިބުމުން ކަމަށެވެ. މިގޮތުން މުސާރަ ނުލިބޭ އޮފީސް ތަކުގެ

ތެރޭގައި ހިމެނޭ އެޓަރނީ ޖެނެރަލްގެ އޮފީހާއި ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުން ބުނީ އެމީހުން މިއަދު އޮފީހަށް ނުކުމެ ހަޅުތާލު ކުރަމުން ގެންދާ ކަމަށެވެ.

ބައެއް މުވައްޒަފުން އޮފީހަށް ނުކުތް ނަމަވެސް މަސައްކަތް ނުކޮށް ހަޅުތާލު ކުރަމުން ގެންދާއިރު އަނެއް ބަޔަކު ބުނީ މެންދުރު ބްރޭކަށް ފަހު އޮފީހަށް ނާންނާނެ ކަމަށެވެ. އެމުވައްޒަފުން ބުނީ މިއީ މީގެ ކުރިން އެމީހުންގެ ހަޔާތުގައިވެސް ތަޖުރިބާ ކުރަން ޖެހިފައި ނުވާ ކަމެއް ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނީ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ކަނޑައެޅިފައިވާ ދުވަހަށް ނުދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިކަމުގައި އެފަރާތަށް އެޅެން އޮތް ފިޔަވަޅެއް އަޅާނެ ކަމަށްވެސް ބުނެފައި ވެއެވެ. ފިނޭންސް މިނިސްޓްރީން ބުނީ މިއަދު މުސާރަ ޖަމާކުރާނެ ކަމަށެވެ. ނަމަވެސް މަސް ހުސްވެގެން ދިޔައިރު ވެސް މުސާރަ ޖަމާ ނުކުރީ ކީއްވެ ކަމެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.

ނުރަސްމީ ކޮށް ލިބޭ މައުލޫމާތު ތަކުން އެނގޭ ގޮތުގައި މުސާރަ ޖަމާ ކުރީ ފިނޭންސް މިނިސްޓްރީން ބުނި ގޮތަށް ކުޑަ މުސާރަ ހަދާފައި ނުފޮނުވާ ތަންތަނަށް ކަމަށެވެ. ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވަނީ ކުޑަކޮށް ހަދާ މުސާރަ ޝީޓު ތަކުގައި ސޮއިކުރާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށާއި އަދި މިކަމުގައި ޒިންމާ ނަގަންޖެހޭނީ އެފަރާތްތަކުން ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނަނީ މިމަހުގެ ވެސް މުސާރަ ދެވޭނީ ޚާއްޞަ ހާލަތުގައި ދޭން ފެށި ކުޑަ މުސާރަ ކަމަށެވެ. ނަމަވެސް ބައެއް މިނިސްޓްރީ ތަކުން ކުޑަ މުސާރަ އާއި ބޮޑު މުސާރަ ހިމެނައިގެން ދެގޮތަށް ދެޝީޓު ހަދައި ފިނޭންސަށް ހުށައަޅާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އަތޮޅު ތެރޭގެ ގިނަ މުވައްޒަފުންގެ މުސާރަވެސް އަދި ނުލިބެއެވެ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 10:49 ހޯމަ, 01 ފެބްރުއަރީ 2010