Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު އެމްޑީޕީއާވެސް އަދި ޑީއާރްޕީއާވެސް ގުޅިވަޑައިގަންނަވަން ނޫޅުއްވާ ކަމަށް ގާސިމް ވިދާޅުވެއްޖެ

އެމްޑީޕީއާވެސް އަދި ޑީއާރްޕީއާވެސް ގުޅިވަޑައިގަންނަވަން ނޫޅުއްވާ ކަމަށް ގާސިމް ވިދާޅުވެއްޖެ


qasim_ppޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމް އެމްޑީޕީއާއި ޑީއާރްޕީއާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ އެދެޕާޓީން އަޑުފަތުރަމުން ގެންދާތީ ގާސިމް އިބްރާހީމް އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި އެވާހަކަ ދޮގުކުރައްވައިފި.

ދިމިނިވަނަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޤާސިމް އިބްރާހީމް ވިދާޅުވީ އެދެޕާޓީގެ ބައެއް މެންބަރުން އެވާހަކަ ފަތުރަމުން ގެންދަނީ ޖުމްހޫރީ ޕާޓީގެ މެންބަރުން މާޔޫސްކޮށް އެމެންބަރުން އެޕާޓީތަކަށް ގެންދިއުމުގެ ބޭނުމުގައި ކަމަށް. ގާސިމް ވިދާޅުވީ މިއީ އެޕާޓީތައް ތަސައްރަފު ނުދޭކަން ހާމަކޮށްދޭ ވަރަށް ބޮޑު ހަގީގަތެއް ކަމަށާއި

އެހެން މީހުންގެ ހިޔަނީގައި ޕާޓީ ހިންގަން ނޫޅެ އަމިއްލައަށް މަސައްކަތް ކޮށްގެން ޕާޓީ ހިންގުމަށް މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށް.

އެމްޑީޕީއާއި ޑީއާރްޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ދެޕާޓީކަމަށް އެޕާޓީތަކުން ދަޢުވާ ކުރި ނަމަވެސް އެއީ ހަގީގަތެއް ނޫންކަމުގައި ގާސިމް ވިދާޅުވި. އަދި ކުދި ޕާޓީތަކާމެދު އެދެޕާޓީން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ތާކުންތާކު ނުޖެހޭ ވަހަކަ ތަކެއް ކަމުގައި ގާސިމް ވިދާޅުވި.

ގާސިމް ވިދާޅުވީ ގައުމަށް ހެޔޮއެދޭ ފަރާތްތަކާއި ގައުމުގެ ހަތުރުން މިހާރު ރައްޔިތުންނަށް ބުނެދޭން ނުޖެހޭނެ ކަމަށާއި ގާސިމް އިބްރާހީމް ސަރުކާރުން ވަކިވެ ވަޑައިގެންނެވި ގޮތް ތަކުރާރު ކުރެއްވުމުގެ ބޭނުމެއް ނެތް ކަމަށް. އަދި ސަރުކާރާ އެމްޑީޕީގެ ވާހަކަވެސް ދައްކަވަން ބޭނުން ނަމަ ވަރަށް ރަނގަޅަށް ދައްކާލަން އެނގިވަޑައިގަންނަވާ ކަމުގައި ގާސިމް ވިދާޅުވި.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 16:26 އަންގާރަ, 02 މާރޗް 2010