Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
ދިމިނިވަން ޙަބަރު ފަހުގެ ޙަބަރު ސިފައިންގެ ވެރިޔާ އައްޔަން ކުރުމުގެ އިސްލާހާއެކު ބިލު ތަސްދީގު ނުކުރައްވާނެ ކަމަށް ވިދާޅުވެއްޖެ

ސިފައިންގެ ވެރިޔާ އައްޔަން ކުރުމުގެ އިސްލާހާއެކު ބިލު ތަސްދީގު ނުކުރައްވާނެ ކަމަށް ވިދާޅުވެއްޖެ

president-1ސިފައިންގެ ވެރިޔާ އައްޔަންކޮށް ވަކިކުރުމުގައި، ރައްޔިތުން މަޖިލީހުގެ ރުހުން ހޯދަންޖެހޭގޮތައް ސިފައިންގެ ގާނޫނަށް ގެނެވޭ އިސްލާހު ތަސްދީގް ނުކުރުމަށް އެމްޑީޕީން ގޮވާލާފައިވަނިކޮށް، އެ އިސްލާހާއެކު ބިލް ތަސްދީގް ނުކުރައްވާނެކަމަށް ދޭހަވާގޮތަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި.
ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ބިލްގައި ޚާއްޞަ ގޮތެއްގައި އިޝާރާތް ކުރަނީ، ސިފައިންގެ އިސްމަގާމުތަކަށް ބޭފުޅުން ޢައްޔަން ކުރުމުގައި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ފުޅާކުރުމަށް ކަމުގައި. މިމޭރުމުން ވާހަކަ ދައްކަވަމުން އެމަނިކުފާން ވިދާޅުވީ އެއިސްލާހަކީ، ރާއްޖޭގެ ސަލާމަތްތަށާއި ހަމަޖެހުމަށް އެޅޭ ވަރަށްބޮޑު ހުރަހަކަށްވެގެން ހިނގައިދާނެކަމަށް. އަދި ސިފައިންގެ ކަންކަން ދޯދިޔާ ގޮތަކަށް ނުވަތަ ޔަޤީންކަން ނެތް ގޮތަކަށް ބޭއްވެން ނޯންނާނެކަމަށާއި އެމަގާމު ދިފާޢު ކުރާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި. އެމަނިކުފާން ވިދާޅުވީ ސިފައިންގެ އެންމެމަތީ ވެރިޔާގެ ޙައިޘިއްޔަތުން ކުރަންޖެހޭ ހުރިހާ ކަމެއް އެއިރަކަށް ކުރަންޖެހޭ މިންވަރަކަށް ކުރަމުން ގެންދާނެ ކަމަށާއި އަދި އެކަމުގެ ތެރެއަށް އެއްވެސް ފަރާތަކުން ގާތްވިޔަނުދޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ހިތާބްގައި މިހެން ވިދާޅުވެފައިވާއިރު، ސިފައިންގެ ވެރިޔާ އައްޔަންކޮށް ވަކިކުރުމުގައި، މަޖިލީހުގެ ރުހުން ހޯދަންޖެހޭ، ގޮތަށް ސިފައިންގެ ގާނޫނަށް ކުޅުދުއްފުށި ދެކުނުދާއިރާގެ މެންބަރު މުހަންމަދު ނަޝީދު ހުށަހެޅުއްވި އިސްލާހު ފާސްވެފައި ވީނަމަވެސް، ދާދިފަހުން އެމްޑީޕީގެ ހަރުގޭގައި ބޭއްވި އެޕާޓީގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވަނީ މިއިސްލާޚް ފާސްކުރެވިއްޖެ ކަމުގައިވާނަމަ މިބިލް ތަސްދީގް ނުކޮށް ސްޕްރީމްކޯޓަށް ދިއުމަށް ރައީސް ނަޝީދަށް ގޮވާލައްވާފަ. އަދި މިބިލް ފާސް ނުކުރެވޭނެކަމަށް ތަކުރާކޮށް، އެމްޑީޕީގެ ޕާލިމަންޓް މެންބަރު އިމްތިޔާޒްފަހުމީވެސް ވިދާޅުވެފަ.

ހިޔާލު (0)Add Comment

ކިޔުންތެރިންގެ ހިޔާލު
smaller | bigger

security code
Write the displayed characters


busy
އެންމެ ފަހުން ބަދަލުކުރީ 17:13 ހުކުރު, 12 މާރޗް 2010