Dhiminivan.com

  • Increase font size
  • Default font size
  • Decrease font size
DhiMinivan | Religion

ހިލޭ ފިރިހެނުން ހިލޭ އަންހެނުންނާއި ސަލާމްކުރުމަކީ ޙަރާމްކަމެއް ނޫނެވެ.

އިތުރަށް ވިދާޅުވުމަށް...

ސަލާމުގެ ޛަރީޢާއިން ސަލާމް ކުރާމީހާ ތިމާއީ މުސްލިމެއްކަން އިޢުލާން ކުރަނީއެވެ. އަދި ސަލާމް ރައްދުވާމީހާއަށް ތިމާގެ ފަރާތުން އެއްވެސް ނުރައްކަލެއްނުވާކަމާއި، ތިމާގެ އަތާއި، ދުލުގެ ނުބައިކަމުން އޭނާ ސަލާމަތްވެގެން ވާކަން ހާމަކޮށް، ދެމީހުންގެ ދެމެދުގައިވާ ނުރައްޓެހިކަމުގެ ފަރުދާ ކަޝްފުކުރަނީއެވެ. އަދި ހަމަމިއާއެކު ސަލާމް ރައްދުވާ މީހާއަށް ޓަކައި ﷲގެ ޙަޟުރަތުން ރަޙްމަތާއި ބަރަކާތަށް އެދި ދުޢާކުރަނީއެވެ. ސަލާމްކުރުން މިއީ ސުންނަތެކެވެ.

އިތުރަށް ވިދާޅުވުމަށް...
 

ފައިވާނުގައި ނަމާދު ކުރުމަކީ ކޮންކަހަލަ ކަމެއްތޯ؟

އިތުރަށް ވިދާޅުވުމަށް...

ނަމާދުކޮށް ނިމިގެން އަޅުގަނޑު މިސްކިތުން ނުކުތް މަގުމަތީގައި ސުންނަތަށް ލޯބިކުރާ ޒުވާނަކު ސުވާލު ކުރިއެވެ. "ރަސޫލުއް ﷲ صلى الله عليه وسلم ފައިވާންފުޅުގައި ނަމާދު ކުރުމަށް އަމުރު ކުރައްވާފައިވޭ ނޫން ހެއްޔެވެ؟ އެކަމާމެދު ބުނަނީ ކީކޭތަ ؟" އަޅުގަނޑު އޭނާއަށް ޖަވާބު ދިނުމުގެ ގޮތުން ހޯދައި ބަލައިލި ބަލައިލުމުން ލިބުނު މަޢުލޫމާތަކީ އެހެން މީހުންނާވެސް ޙިޞާކޮށްލުން މުހިންމު މަޢުލޫމާތު ތަކެއްކަމުގައި ފެނުނެވެ. ވީމާ މިލިޔުމުގައި ހިމަނައިލާފައިމިވަނީ މަޝްހޫރު ވެބްސައިޓެއް ކަމުގައިވާ (އިސްލާމް ކިޔޫ އޭ ގެ ފަތުވާ ނަންބަރު: 69793) ގައި ހިމަނާފައިވާ ފަތުވާއެކެވެ.

އިތުރަށް ވިދާޅުވުމަށް...
 

ރާއްޖޭގައި ބުދު ފައްޅިއެއް ހެދިގެން ވެސް އަދި ހަދައިގެން ވެސް ނުވާނެއެވެ.

އިތުރަށް ވިދާޅުވުމަށް...
ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށް އަޑީގައި ދިވެހި ބަޔަކު ތިބެގެން ބޭރު ބަޔަކު ލައްވައި ކުރަމުން އައި ޕްރެޝެރެއްގެ ސަބަބުން އިސްލާމިކް މިނިސްޓްރީއާ ބައްދަލުކޮށް ރާއްޖޭގައި ފައްޅި އެޅުމުގެ ވާހަކަ ދެކެވިގެން ހިނގައްޖެއެވެ. މިކަމަކީ ރާއްޖޭގެ ސަގާފަތާއި ދީނަށް ގޮންޖެހުމުގެ ނިޔަތުގައި ދީނުގެ ޢަދުއްވުން ހިންގާ ޕްރޮގްރާމުތަކުގެ ތެރޭން ބައެކެވެ. ރާއްޖޭގައި އުޅެނީ ހުސް ދިވެހިންނެވެ. ދިވެހިންގެ ދީނަކީ ޤާނޫނު އަސާސީ ބުނާގޮތުން އިސްލާމް ދީނެވެ. އެނޫން ދީނަކަށް ދިވެހިން ތަނެއް ނުދޭނެއެވެ. ދެވިގެންވެސް ނުވާނެއެވެ. މިހާރު މިއޮތީ ޑިމޮކްރަސީގެ ދުވަސްވަރެވެ. މިނިވަންކަމުގެ އޮއިވަރެވެ. އިންސާނިއްޔަތުގެ އަޑުފަށެވެ. މިހުރިހާ ކަމެއްގެ ތެރޭން ލާފައި ރާއްޖޭގައި ފައްޅިއެއް އެޅުމުގެ ވާހަކަ ދެކެވޭއިރު އަޅަންޖެހެނީ ކޮންކަހަލަ ފައްޅިއެއްތޯ، އެއީ ވެސް އުފެދޭ ސުވާލެކެވެ
އެންމެ ފަހުން ބަދަލުކުރީ 06:19 ބުދަ, 07 އޮކްޓޯބަރ 2009 އިތުރަށް ވިދާޅުވުމަށް...
 

ޕޮމްޕެއިގެ ޖިންސީ ގުޅުންތަކާއި އަލިފާން ފަރުބަދަ

އިތުރަށް ވިދާޅުވުމަށް...ﷲ ކަމަކަށް އިރާދަ ކުރައްވައިފިނަމަ އެކަމެއް ހިނގާނެއެވެ. މިއީ ބަދަލު ގެނެވޭނެ ކަމެއް ނޫނެވެ. ނަމަވެސް އިންސާނުންގެ ތެރެއިން ބަޔަކު ބޮޑާވެ، ބިމުގައި ފަސާދަ ކޮށް، ފާސިދު ޢަމަލުތައް ހިންގަމުން ގެންދެއެވެ. އެއްވެސް ބިރެއް ނެތިއެވެ. މިބައިމީހުން ބަދުއަޚުލާޤީ ޢަމަލުތައް ހިންގާކަމަށް އެއްވެސް ޖެހިލުމެއް ނުވެއެވެ. ތާރީޚު ހެކިދޭ ގޮތުގައި މިފަދަ މީހުންނަށް ﷲ ބޮޑެތި ކޯފާތައް ފޮނުއްވާފައިވެއެވެ. ޕޮމްޕެއި މިއީ މިފަދަ އެއްތަނެވެ.
އިތުރަށް ވިދާޅުވުމަށް...
 

ހަޤީޤީ ޓެރަރިސްޓުންނަކީ... ޑެމޮކްރެޓިސްޓުންނެވެ.!

އިތުރަށް ވިދާޅުވުމަށް...

އެއްވެސްމީހަކަށް ޓެރަރިޒަމްގެ މާނަ އޮޅުވައެއް ނުލެވޭނެއެވެ. އަދި ތިމާ ހަމަ ހިތައްއެރިހާ ތަރުޖަމާއެއްވެސް ނުކުރެވޭނެއެވެ. އޮރެންޖެއް ދިވެހިރާއްޖޭގައި އޮރެންޖަކަށްވެފައި ޗައިނާގައި އާފަލަކަށް ނުވާނެއެވެ. އެވާނީ ހަމަ އެޔަށެވެ. އެމެރިކާގެ ރައީސަކަށްވިޔަސް،އިނގިރޭސި ރާނީޔަކަށްވެސް ، ދިވެހި ރައީސަކަށްވެސް އޭގެ މާނަޔާއި އޭގެ ތަފްސީލު އޮޅުވައެއްނުލެވޭނެއެވެ. މީ އެންމެން ދަންނަކަމެކެވެ. ނަމަވެސް މި ފަހުގެ ތާރީޚްގައި މި ވޭތުވެދިޔަ 70 ނުވަތަ 50 ކަށް އަހަރު ތެރޭގައި މި ލަފްޒުގެ މާނަ ބަދަލުކޮށް ޔޫރަޕްގެ "ކާފަރުންގަނޑު" ހިތުން މީގެ މާނަ އޮޅުވައި މުސްލިމުންގެ ބޮލުގައި އަޅުވަން ވަރަށް މަސައްކަތް ކުރެއެވެ. އަދި އޭގެ ޝިކާރަޔަކަށް ބައެއް މުސްލިމު އަޚުންނާއި އުޚުތުން ވާތަން މަދުން ނަމަވެސް އެބަފެނެއެވެ. ބަހުގެ ހަމަތަކުގެ މަތިން މި ލަފްޒުގެ މާނަ ބަލަމާ ހިނގާށެވެ.

އެންމެ ފަހުން ބަދަލުކުރީ 14:41 ބުރާސްފަތި, 01 އޮކްޓޯބަރ 2009 އިތުރަށް ވިދާޅުވުމަށް...
 


Page 1 of 3