އަހަރެން އިނީ އަގައިން ބަސް ހުސްވެފައެވެ. ބުނާނެ އެއްޗެއް ނޭގިފައެވެ. އަހަރެން ވަނުމުން އަޒީމް އިސްއުފުލާ ބަލައިލިއެވެ. އޭނާގެ ދެލޮލުން ފެންނަނީ ހިތާމައިއިގެ އަސަރު ތަކެވެ. މާޔޫސް ކަމެވެ. ހީވަނީ ވަރަށް ގިނަ ވާހަކަ ތަކެއް ބުނަން ބޭނުންވެފައި އިންހެންނެވެ.
އަޒީމް... ކިހިނެއްތަ؟...
އަހަރެން އަޒީމަށް ގޮވާލުމުން އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. އެކަމަކު އެހިނިތުން ވުމުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ.



ވާހަކަ


